ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު.
މިމަރުކަޒުގެ އެންބިއުލައިންސަށް ދަވާދުޖެހުމާއި، އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން އޮންނާނީ 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ޞިއްހީމަރުކަޒުގައެވެ.
މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ ގޮތުގެ ތަފުސީލު
* ހުށަހަޅާފައިވާ އަގަށް 75 ޕޮއިންޓް
* މަސައްކަތުގެ މުއްދަތަށް 10 ޕޮއިންޓު
* މަސައްކަތުގެ ތަޖުރިބާއަށް 15 ޕޮއިންޓް. (މިބަޔަށް ޕޮއިންޓު ލިބޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާކަމުގެ ލިޔުމެއް ހުށަހަޅާފައިވާ ނަމައެވެ.)
* އަންދާސީހިސާބު ހުށަހަޅަނީ ކުންފުންޏަކުން ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޕްރޮފައިލް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރުދެއްކަމުގައިވާނަމަ އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
* އަންދާސީހިސާބުގެ މުއްދަތުގެ ގޮތުގައި އަންދާސީހިސާބު ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދެވިފައި އޮންނަންވާނެއެވެ.
* އަންދާސީހިސާބުގައި މަސައްކަތްތަކުގެ އަގު ވަކިން އެނގޭނެހެން ހިމެނިފައި ހުންނަންވާނެއެވެ.
* މަތީގައި ދަންނަވާފައިވާ މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކ.ކާށިދޫ ޞިއްހީމަރުކަޒަށް ލިބިގެންވެއެވެ.
ފޯން: 6640127 ، ފެކްސް :6640127
އީމެއިލް: kaashidhoohealth@gmail.com