ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ މީޑިއާ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 ސީނިއަރ މީޑިއާ އޮފިސަރ

ރޭންކް:

 MS2/B

ސެކްޝަން/ޑިޕާޓްމަންޓް

 މީޑިއާ އެންޑް ކޮމިއުނިކޭޝަން

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިންކްލޫސިވް އެޑިޔުކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި އިވެންޓުތައް އަދި މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅޭގޮތުން ތައްޔާރުކުރާ ވީޑިއޯތައް އިޝާރާތް ބަހުން ގެނެސްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  • ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅޭގޮތުން ތައްޔާރުކޮށް ހާމަކުރަންޖެހޭ އެންމެހާ ޚަބަރުތަކާއި ނޫސްބަޔާންތައް އަދި އެނޫންވެސް އެފަދަ މަޢުލޫމާތު އަޑުއިވުމުން މަޙްރޫމްވެފައިވާ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އެނގޭނެހެން އާންމުކުރުން.
  • މަޖިލީހުގެ ވެބްސައިޓަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ސައިޓަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި އެކަމުގެ ލަފާދިނުން.

އުޖޫރަ:

 - މަހަކު  -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

 - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

 

ފޯމް ފޮނުވަންވީ ތާރީޚް:   06 މާރިޗު 2022 އިން 13 މާރިޗު 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 13 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

 

03 މާރިޗު 2022
ހޯދާ