ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފު ކުރުމަށް އެހެން ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި އަންނަ ފަރާތް ސިޓީއަކުން އަންގާލަ ދިނުން އެދެމެވެ.

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗު 06 އިން ފެށިގެން 2022 މާރިޗު 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗު 09 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 މާރިޗު 09 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ   2022  މާރިޗު 14 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

                               

ކުރިނބީ ސްކޫލް

ހދ. ކުރިނބި

ފޯނު: 6520532

އީ-މެއިލް: admin@kurinbeeschool.edu.mv

06 މާރިޗު 2022
ހޯދާ