ދިވެހިރާއްޖެ
މަޤާމް :ލީގަލް ސްޕެޝަލިސްޓް | ||||||
---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | ||||||
އިޢުލާން
މިނިސްޓްރީގެ ނެޝަނަލް ޕްލޭނިންގ ޑިޕާރޓްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް އަންނަނިވި ދާއިރާއަށް ފަންނީ ތަޖުރިބާކާރުން 02 އަހަރު ދުވަހުގެ ކޮންޓްރެކްޓް މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި ޢިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 10 މާރިޗް 2022 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ހިއުމަން ރިސޯސް ސެކްޝަން / މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ ފޯން: 4004712 / 4004717 އީ-މެއިލް: recruitment.hr@planning.gov.mv ވެބްސައިޓް: www.planning.gov.mv |