ދިވެހިރާއްޖެ
ނަންބަރު:(IUL)462-ADHR/1/2022/8
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުން
އިޢުލާން
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދެވަނަ ފަހަރަށް، ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2022 މާރިޗު 21 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އަމީރު އަޙުމަދު މަގުގައި ހުންނަ ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ (ކުރީގައި މި އޮފީސް ހިންގި ބައިގައި) އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ..
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، ހުރަވީބިލްޑިންގ އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެއްޗަށްވާ
ފައިސާ، މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ދެއްކެވުމަށް ފަހު ތަކެތި ގެންދަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
6 ޝަޢުބާން 1443