މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ އިންޑަސްޓްރިއަލް ވިލެޖުން އެމް.ޕީ.އެލްގެ ވެހިކަލްތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ލޮޓްތަކާއިބެހޭ
މި އިޢުލާނާއެކުވާ ޗާޓުގައި ފާހަގަކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހިމެނޭ ޕާކިންގ ލޮޓްތަކަކީ (ލޮޓް ނަންބަރ 41-122 އަށް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެވީ ވެހިކަލްތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ލޮޓްކަމުގައިވާތީ މިޕާކިންގ ލޮޓްތައް އާންމު ފަރާތްތަކުގެ ވެހިކަލް ޕާކުކުރެއްވުމަށް ބޭނުންނުކުރެއްވުމަށް ދަންނަވަމެވެ. އަދި އާއްމު ފަރާތްތަކުން އެ ސަރަޙައްދުގައި ވެހިކަލް ބަހައްޓަވާފައިވާނަމަ މިއަދުން ފެށިގެން 3 (ތިނެއް) ދުވަސް ތެރޭ މި ވެހިކަލްތައް ނެންގެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން މިގޮތަށް ބަހައްޓާފައިހުރި އާއްމު ފަރާތްތަކުގެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މިނިސްޓްރީން ކުރިއަށް ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
________________
09 މާރޗް 2022
09 މާރިޗު 2022
ހޯދާ