މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޥެހިކަލް ސަރވިސް ކުރުމަށް

                                                              ނަންބަރ: MMS-A/2022/7

ވެހިކަލް ސަރވިސް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ13:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.  އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް info@met.gov.mv އަށް 22 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

މަސައްކަތުގެ ތަފްޝީލް

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލޭގައި ދުއްވާ ރަޖިސްޓްރީ ނަންބަރC1 G2379   ޕިކަޕްގެ ތިރީގައި މިދަންނަވާ ކަންތައްތައްކުރުން
  1. ފުލް ސަރވިސް ކޮށްދިނުން
  2. ގިޔަރ ތެޔޮ އަދި އަޑީ ތެޔޮ ބަދަލުކުރުން އަދި ފިލްޓަރ ތައް ބަދަލުކުރުން
  3. ކްލަޗް ސިސްޓަމް ރަގަޅުކުރުން
  4. ވާއަތް ފަރާތުގެ ފަހަތު ދޮރުގެ ބަނޑި ފިލުވައި އެތާގައި ކުލަލުން (މިހާރު ވެހިކަލްގައި ހުރި ކުލަ)

 

  •  އަދި ރަޖިސްޓްރީ ނަންބަރ  B1 G5458ޖީޕްގައި ކުރަންހުރި މިދަންނަވާ ކަންތައްތަށް ކުރުން.
  1. ވެހިކަލް ފުލް ސަރވިސްކުރުން އަދި ބުރެކި ސަރވިސް ކުރުން
  2. ގިޔަރ ތެޔޮ އަދި އަޑި ތެޔޮ ބަދަލުކުރުން އަދި ފިލްޓަރ ތައް ބަދަލުކުރުން
  3. އެއަރ ކޮންޑިޝަން ސަރވިސްކުރުން  އަދި ވައިޕަރ ރަބަރުކޮޅު ބަދަލުކުރުން
  4. މަތީ ރޫފްގެ ފެން ލީކްވާތަން ރަގަޅުކުރުން
  5. ވެހިކަލް ދުއްވާއިރު ހުންނަ ވައިބްރޭޝަން ރަގަޅުކުރުން
  6. ވެހިކަލް ޗެސިސްއިން ދަބަރު ކަހާ އަންޑަރކޯޓް ލުން އަދި ވެހިކަލް ބޮޑީއިން ހަލާކުވެފައި ހުރި ތަންތައް ރަގަޅުކޮށް ސްޕްރޭ ކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރ ބަދަލުކުރުން

އެސްޓިމޭޓްއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  2. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  3. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  4. އަމިއްލަފަރާތަކުން ހުށައަޅުއްވާނަމަ އައިޑީކާޑު ކޮޕީ
  5. މީގެ ކުރިން ކުރެވިފައިވާ އަދި މިހާރު ކުރަމުންދާ މި ބާވަތުގެ މަސައްކަތާއި ބެހޭ މައުލޫމާތު.
  6. މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން.

އެސްޓިމޭޓް ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތައް

  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • ހުށަހަޅާ އެސްޓިމޭޓްގައި ކުރަންޖެހޭ މަސައްކަތްތަކަށް ތަފްސީލް އަގާއި ޖުމަލަ އަގު އަދި ޖީ.އެސް.ޓީ. ހިމަނަންވާނެއެވެ.
  • ހުށަހަޅާ އެސްޓިމޭޓްގައި މަސައްކަތް ނިންމާނެ މުއްދަތު ހިމަނަންވޭނެއެވެ.
  • ވެހިކަލް ގަރާޖަށް ގެންދިޔުމާއި މިސަރވިސްއަށް ގެނައުމަކީ މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

ބިޑްއިވެލުއޭޝަންކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 85)

85

  1. މުއްދަތު:

 Shortest Delivery Period) / (Quoted Delivery Period) x 10)

10

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ.

05

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

10 ޝައްވާލް 1443

13 މާރިޗު 2022
ހޯދާ