ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

10 މާރިޗު 2022

ނަންބަރު:

(IUL)401-E/401/2022/140

07 ޝަޢުބާން 1443

އިޢުލާނުގެ ވަނަ:

02

02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

މި ކައުންސިލަށް 02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)401-E/401/2022/98 (14 ފެބުރުއަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލް ކޮށްފީމެވެ. އަދި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކަށެވެ. ރަޖިސްޓަރީވުމަށްޓަކައި ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕްކޮޅާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

-     ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://bit.ly/34xIlLw

  • ބީލަމުގައި ރަޖިސްޓްރީ  ކުރުމަށް ހަމަޖެހިފައިވަނީ  17 މާރިޗު 2022 (ބުރާސްފަތި) ދުވަހުގެ 14:00 އާއި ހަމައަށެވެ.  

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މި ބީކަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު projects@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2022 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 31 މާރޗް 2022 (ބުރާސްފަތި) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

 

10 މާރިޗު 2022
ހޯދާ