ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އިމާރާތުގައި ހަރުކުރެވިފައިވާ ސެންޓްރަލް އެސީ ސިސްޓަމާއި، ޖަލްސާ ކުރާ މާލަމާއި އަޑުއަހާ މާލަންތަކުގައި ހަރުކުރެވިފައިވާ އެއަރކަންޑިޝަންތައް 2 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

         ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އިމާރާތުގައި ހަރުކުރެވިފައިވާ ސެންޓްރަލް އެސީ ސިސްޓަމާއި، ޖަލްސާ ކުރާ މާލަމާއި އަޑުއަހާ މާލަންތަކުގައި ހަރުކުރެވިފައިވާ އެއަރކަންޑިޝަންތައް 2 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސް ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު 05 / 2022 / އައި.ޔޫ / ޓީ - 57 (15 ފެބުރުވަރީ 2022) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ޝަރުތުހަމަވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

        ވީމާ މިމަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރައްވާ

https://forms.office.com/r/jqa821ff0Y

20 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 10:30ގެ ކުރިން މަތީގައިވާ ލިންކް މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

20 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން  

ބިޑު ރަޖިސްޓްރީކުރާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޮނުވުން

22 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ފޮނުވުން،

 bid.registration@majlis.gov.mv

އިތުރަށް ކަމެއް ސާފުކުރަން އޮތްނަމަ ސުވާލު ފޮނުވުން

24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން ފޮނުވާ ސުވާލުތަކަށް ޖަވާބު ފޮނުވޭނެއެވެ.

 

ފޮނުވާ ސުވާލުތަކަށް ޖަވާބު ފޮނުވުން

ތާރީޚާއި ގަޑި: 27 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި 

ނޯޓް: ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

14 މާރިޗު 2022
ހޯދާ