ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

(IUL)196-C/1/2022/18 :ނަންބަރު                                                  

                                        އިޢުލާން

 

މި އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

މި އޮފީހުގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ކުރި ފުރަތަމަ އިޢުލާނުގެ ލޮޓް ނަންބަރު 01 އަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަލުން އެތަކެތި ނީލަންކިއުމަށް ހުޅުވާލަމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2021 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން ނީމަލުގައި ބައިވެރިވެދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމެޖިފައިވަނީ "ދުވަހު ނީލަމުގެ" ގޮތުގައި ކަމުގައި ދަންނަވަމެވެ. އަދި މިތަކެތި ނީލަން ނިމޭތާ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3023157 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                                      11 ޝަޢުބާން 1443

14 މާރިޗު 2022
ހޯދާ