ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 މާރިޗު 2022 10:33 ގައި ބާތިލް ކުރެވިފައެވެ.
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިކޯޓުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 މާރިޗު 22 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން k.maafushi@judiciary.gov.mv އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 މާރިޗު 22 ވާ ބުދަ ދުވަހުގެ 14:00 އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން 2022 މާރިޗު 27 ވާ އާދިއްތަ ދުވަހުގެ 12:00އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ޝީޓް، ކުރެހުން އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން k.maafushi@judiciary.gov.mv ފޮނުއްވުން އެދެމެވެ.
11 ޝައުބާން 1443
14 މާރިޗު 2022