މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ރިސަރޗު އެނަލިސްޓު

 (IUL)10-C/10/2022/65:ނަންބަރު

އިޢުލާނު

 

މަޤާމު:

ރިސަރޗު އެނަލިސްޓު

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (01 އަހަރު ދުވަހުގެ މުއްދަތަށް (މަސައްކަތުގެ ފެންވަރަށް ބަލައި އިތުރު 1 އަހަރުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު / ޕޮލިސް ބޯޑު ސެކްރެޓޭރިއަޓް ސެކްޝަން/ ކ. މާލެ

މުސާރަ:

25000.00 ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕޮލިސް ބޯޑުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، އަދި  މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، ބޯޑުން މި ރިޕޯޓްތައް ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ޕޮލިސް ބޯޑުން ކުރާ އެންމެހައި މުޢާމަލާތްތަކުގައި ދިރާސާގެ ހޯދުންތަކާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގުން.
  4. ޕޮލިސް ބޯޑަށް ބޭނުންވާ ތަފާސްހިސާބުގެ ދާއިރާތައް ދެނެގަނެ ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން.
  5. ގުޅުންހުރި މުއައްސަސާތަކުން ހިއްސާކުރާ ތަފާސް ހިސާބު ކަނޑައެޅިފައިވާ އުސޫލުން ނެގުމާއި ޑޭޓާ ބެލެހެއްޓުން.
  6. ޕޮލިސް ބޯޑަށް ބޭނުންވާ ތަފާސް ހިސާބު އެއްކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި ތަފާސް ހިސާބު އެއްކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
  7. ސަރވޭގެ ޑޭޓާ ކަލެކްޝަން ޒަމާނާ އެއްގޮތަށް ތަރައްޤީކުރުން.
  8. ޕޮލިސް ބޯޑުން ކުރާ ސަރވޭތަކަށް ބޭނުންވާ ބްލޮކް މެޕްތަކާއި، ސާމްޕަލް ފްރޭމްތައް އެކުލަވާލާ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ސަރވޭތަކުގެ ޑޭޓާ ޑިސެމިނޭޓްކުރުމާއި، އެޑްމިނިސްޓްރޭޓިވް، ޓެކްނިކަލް އަދި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން އަދި ހޯދުންތަކުގެ މަޢުލޫމާތު ޑިސެމިނޭޓްކުރުން.
  10. ޕޮލިސް ބޯޑުގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި  ހަރަކާތްތެރިވުން
  11. ޕޮލިސް ބޯޑުގެ ފަރާތުން ރާވާހިންގާ ސަރވޭތަކަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން.
  12. ސަރވޭތަކުގެ މައުލޫމާތު ފޯމްތައް ކޯޑްކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.
  13. ސަރވޭތަކުގެ މައުލޫމާތު އާއްމުކުރުމާއި، އަދި އެމައުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  14. ސަރވޭތަކުގެ މަސައްކަތުގެ ތަމްރީން ދިނުމާއި ޑޭޓާ ކަލެކްޓްކުރުމާއި އަދި ޑޭޓާ އެޑިޓްކުރުމުގެ މަސައްކަތް ކުރުން.
  15. ފުލުހުންގެ މަސައްކަތާއި ގުޅުންހުރި ކަންކަމާއި ގުޅިގެން ޕޮލިސް ބޯޑުން ހަދަން ނިންމާ ޑެސްކް ރިވިއުތައް ހެދުމުގެ މަސައްކަތްކުރުން.
  16. މަސައްކަތާއި ގުޅޭ ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރާ ސަރވޭ އަދި ދިރާސާ ރިޕޯޓްތައް ހޯދާ ފަސޭހައިން ރިފަރެންސް ހެދޭ ފަދަ ގޮތަކަށް ބެލެހެއްޓުން.
  17. ޕޮލިސް ބޯޑުން ތައްޔާރުކުރާ ދިރާސާ ތަކާއި ގުޅިގެން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ މީޑިޔާ ޕްރޮގްރާމް، ބައްދަލުވުން އަދި މިނޫންވެސް ގޮތްގޮތަށް ބާއްވާ ފޯރަމްތަކުގައި ބައިވެރިވެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން މައުލޫމާތު ހިއްސާ ކުރުން.
  18. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ޕޮލިސް ބޯޑް ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން މަޢުލޫމާތު ދިނުން.
  19. އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. އިންޓަނޭޝަނަލް ރިލޭޝަންސް / ސްޓްރެޓީޖިކް ސަޓަޑީޒް / ކްރިމިނޮލޮޖީ / ސޯޝަލް ސައިންސް / ޕޮލިޓިކަލް ސައިންސް / ޕޮލިސިންގ / ލޯއިންފޯސްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އިންޓަނޭޝަނަލް ރިލޭޝަންސް / ސްޓްރެޓީޖިކް ސަޓަޑީޒް / ކްރިމިނޮލޮޖީ / ސޯޝަލް ސައިންސް / ޕޮލިޓިކަލް ސައިންސް / ޕޮލިސިންގ / ލޯއިންފޯސްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ރިސަރޗް މަސައްކަތް ރޭވުމާއި، ރިސަރޗް ހެދުމުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ދިވެހި ފުލުހުންގެ ޤާނޫނު އަދި ފުލުހުންގެ މަސައްކަތާއި ގުޅޭ ކަންތައްތަކަށް އަހުލުވެރިވުން.
  2. ދިރާސާ ކުރުމުގައި ގެންގުޅޭ ޖެހޭ ހަމަތަކަށް ނުވަތަ ބެސްޓް ޕްރެކްޓިކްސް ރަނގަޅަށް އަހުލުވެރިވެފައިވުން.
  3. ފުލުހުންގެ ޚިދުމަތާއި ގުޅޭ ގޮތުން ދިރާސާ ކުރުމާއި އަދި ބޭރުގެ އެކިއެކި ރިސާރޗް ސެންޓަރ/ޖާނަލް/ޔުނިވާސިޓީތަކުން ފުލުހުންގެ ދާއިރާއާއި ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކަށް އަހުލުވެރިވުން.
  4.  ފުލުހުންގެ ދާއިރާއާއި ގުޅޭ ކަންތައްތަކުގައި ތައްޔާރުކުރަން ޖެހޭ ބްރީފިންގ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތައްޔާރުކުރުމުގެ ޤާބިލުކަން ހުރުން.
  5. ހަވާލުކުރެވޭ މަސައްކަތްތައް ވީއެންމެ ފުރިހަމަކޮށް ކަނޑައެޅިފައިވާ ވަގުތަށް ނިންމުން.
  6. މަސައްކަތާއި ގުޅޭ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ޕްރޮފެޝަނަލް ކަމާއެކު ކުރިމަތިލާ ހައްލުކުރުން.
  7. ޤާނޫނުތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި، ޤާނޫނުގައި ބުނާ އެއްޗެއް މާނަ ކުރުމުގެ ޤާބިލުކަން ހުރުން
  8. ސްޕަވައިޒްނުކޮށްވެސް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  9. ތަޢުލީމާއި ތަމްރީނު
  10. މަސައްކަތުގެ ތަޖުރިބާ. %20
  11. އިމްތިޙާން އަދި ޕްރެޒެންޓޭޝަން %25
  12. ބަސްދީގަތުން %40

މަސައްކަތު ގަޑި

ހަފްތާއެކު 40 ގަޑިއިރު (ރަސްމީ މަސައްކަތު ގަޑި: ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މާރިޗު 2022  ވާ  ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@homeaffairs.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2022 އެޕްރީލް 10 އާއި 14 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031542، 3031543 ނުވަތަ 3031541 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ޝަޢުބާން 1443

23 މާރިޗު 2022
ހޯދާ