ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓް
މަޑަވެލި
ދިވެހިރާއްޖެ.
ނަންބަރު : Q1C-A/2022/2
އިޢުލާން
މިކޯޓުގެ ވެއިޓިން އޭރިއާ މަރާމާތުކޮށް ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަންބަރ Q1C-A/2022/2 (15 މާރޗް 2022) އިއުލާނާއި ގުޅިގެން މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ، މި އިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކުރުމަށް މިވަނީ ފުރުޞަތު ހުޅުވާލެވިފެއެވެ. ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗު 28 އިން ފެށިގެން 2022 އެޕްރީލް 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 އެޕްރީލް 13 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓް
ގދ. މަޑަވެލި
ފޯނު: 6840138
އީ-މެއިލް: gdh.madeveli@judiciary.gov.mv
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.
24 ޝަޢުބާން 1443
27 މާރޗް 2022