ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު ޢިމާރާތުގައި ކެމެރާ ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި

ކޯޓު ޢިމާރާތުގައި ކެމެރާ ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ(.)

މިކޯޓުގައި ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު Q10C-A/2022/3 (20 މާޗް 2022) އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައިނުވާތީއާއި، މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް ގެނެސްފައިވާތީ، އިޢުލާން ބާތިލްކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މަސައްކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މަޢޫލޫމާތު ދިނުން 03 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން މިކޯޓުގެ އީ-މެއިލް gdh.thinadhoo@judiciary.gov.v  އަށް ކޯޓޭޝަން އީމެއިލް ކޮށްދެއްވުން އެދެމެވެ.

ކެމެރާ ހަރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ދެވޭ މަޢުލޫމާތު ޝީޓް

  1. ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް
  • ކެމެރާ ހަރުކުރަންވާ ތަނުގެ ޗާޓާއި ޑީވީއާރު (NVR) އާއި ހުރު ދުރުމިން އެނެކްސް 1ގެ ކުރެހުމުގައިވާނެއެވެ.
  • ކެމެރާ ހަރުކުރުން: އެނެކްސް 1ގެ ކުރެހުމުގައިވާ 04 ޕޮއިންޓްގައި ކެމެރާ ހަރުކުރުން
  • ޑީވީއާރު ހަރުކުރަންވާނީ ޗާޓުގައިވާ ގޮތުގެމަތިން ނެޓްވޯރކް ކެބިނެޓް ހަރުކޮށް ކެބިނެޓް ތެރޭގައެވެ. ނެޓްވޯރކް ކެބިނެޓް ހަރުކުރަންޖެހޭތަން އެނެކްސް 1ގެ ކުރެހުމުގައިވާނެއެވެ.
  • ކެމެރާ ހަރުކުރަންވާނީ މި މަޢުލޫމާތު ޝީޓާއި އެޓޭޗްކޮށްފައިވާ އެނެކްސް 1ގެ ކުރެހުމުގައިވާ ތަންތަނުގައެވެ.
  • ކޭބަލް އެޅުން: އެނެކްސް 1ގެ ކުރެހުމުގައިވާ 12 ޕޮއިންޓްއަށް ކޭބަލް އެޅުން. (ކޭބަލްގެ ގޮތުގައި ބޭނުންކުރަންވާނީ ކެޓް 6 ކޮލިޓީ ނެޓްވޯރކް ކޭބަލް އެވެ.)
  • ކޭބަލް އެޅަންވާނީ ޢިމާރާތުގެ ސީލިންގ މަތިން ކޮންޓެޓް ޕައިޕް ލައްވައިގެންނެވެ. ކޭބަލް އެޅުމަށް ފުރާޅުން ޓިނު ނުވަތަ ސީލިންގ ފިލާ ނެއްޓުމަށްފަހު ކުރިން ހުރިގޮތަށް ރަނގަޅުކުރަންވާނެއެވެ.
  1. ކޯޓުން ފޯރުކޮށްދޭނެ ތަކެތި

04    ކެމެރާ

01ޑީވީއާރު (NVR)

01    ނެޓްވޯރކް ކެބިނެޓް

 3. ނެޓްވޯރކް އަދި ކަރަންޓް ވައިރިންގ

  • ޑީވީއާރު އަށް ކަރަންޓް ދިނުމަށް ދެ ސޮކެޓް ހަރުކޮށް ކަރަންޓް ވައިރު ކުރުން.
  • ކެމެރާރަތަށް ކަރަންޓް ބޭނުންވާނަމަ ކަރަންޓް ގުޅުން.
  • ކޯޓުގެ ނެޓްވޯރކް ސްވިޗުން ޑީވީއާރު އަށް ނެޓްވޯރކް ކޭބަލް އަޅާ ކޯޓުގެ ނެޓްވޯރކް އާއި ގުޅުވުން.

 

  1. މި މަސައްކަތަށް އެޑްވާންސް ފައިސާ ދުލެއްނުކުރެވޭނެއެވެ. 
  1. މަސައްކަތް ޙަވާލުކުރުމަށް ފަރާތެއް ޕޮއިންޓް ދެވޭނެ ގޮތް: 

70 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

20 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

10 ޕޮއިންޓް މަސައްކަތު ތަޖުރިބާ (2015 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ އެންމެގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް.)

  1. ކޯޓޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  • ކޯޓޭޝަން ހުށަހަޅުއްވާއިރު ކޯޓޭޝަންގައި މަސައްކަތުގެ މުއްދަތު ޖަހަންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  • ކޯޓޭޝަން
  • ޖީ.އެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ
  • ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންވެސްޓްމަންޓްގެ ކޮޕީ އާއި ވެރިފަރާތުގެ އައިޑީކާރޑްގެ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް ހުރިނަމަ ލިޔުންތަކުގެ ކޮޕީ

 

  1. ކޯޓޭޝަން ހުށަހެޅުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޭޕްރީލް 04 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން މިކޯޓުގެ އީ-މެއިލް gdh.thinadhoo@judiciary.gov.v  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.     

     

  1. ކޯޓޭޝަން ބާތިލުކުރުން
  • މިމަޢުލޫމާތު ޝީޓުގެ 6 ވަނަ ނުކުތާގައި ހިމެނޭ ލިޔެކިޔުމެއް މަދުން ހުށަހަޅާފައިވާނަމަ ކޯޓޭޝަން ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

 ނޯޓް:

  • މާލިއްޔަތުގެ ޤަވާޢިދާއިއެއްގޮތަށް މިމަސައްކަތަށް ހޮވޭ ފަރާތަކާއި މިކޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
  • މި މަސައްކަތުގެ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިކޯޓުގެ ނަންބަރު 68401601 އަށް ގުޅުއްވުން އެދެމެވެ. އަދި ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 03 އޭޕްރީލް 2022 ދުވަހުގެ 11:00އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
30 މާރިޗު 2022
ހޯދާ