ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ސްކޫލް ހެލްތް އޮފިސަރ

އިޢުލާނު 

މަޤާމު:

ސްކޫލް ހެލްތް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1 (މެނޭޖީރިއަލް ސާރވިސް 1)

މަޤާމް ނަންބަރ

J-248678

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިނަދޫ ސްކޫލް ، ގދ.ތިނަދޫ

އަސާސީ މުސާރަ:

-/5610

ސާރވިސް އެލަވެންސް:

-/2500

އެހެނިހެން އެލަވެންސް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންގެ ސްކޫލް ހެލްތު ޕޮލިސީއާއި ހެލްތު ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ އަދި މިޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ "ހެލްތު ޕޮލިސީ" ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލުގައި ތަންފީޒުކުރުން
  2. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑުތަކެއްގެ ހެލްތު ސްކްރީނިންގ ސްކޫލުގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް / ސިއްޙީ މަރުކަޒު) ގުޅިގެން ނިންމައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ރިޕޯޓް ފޮނުވުން.
  3. ސްކޫލަކީ ހެލްތު ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ކުރުމާއި، ބަރާބަރު ސްކޫލް އިންޑިކޭޓާސްގައި ހިމެނޭ "ހެލްތު އެންޑް ސޭފްޓީ ޑައިމެންޝަން"ގައި ހިމެނޭ ބައިތައް ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތްކުރުން.
  4. ސްކޫލުގެ ސްކޫލް ހެލްތް އަހަރީ ޕްލޭން ސްކޫލުގެ ވެރިން އަދި މުވައްޒަފުންނާ މަޝްވަރާ ކޮށްގެން އެކުލަވާލައި، އަހަރީ ޕްލޭން ސްކޫލުގެ މުވައްޒަފުންނާ، ބެލެނިވެރިންނަށް ހިއްސާކޮށް އަހަރީ ޕްލޭންގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 15 ދުވަހުގެ ތެރޭގައި އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް (އެސްކިޑް) އަށް ފޮނުވުން.
  5. ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ސްކޫލްގެ ވެރިންގެ ލަފަޔާއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓު/ވެއިޓު) ބެލެހެއްޓުމާއ، ސްކޫލް ދަރިވަރުންނަށްދޭ ފަނީބޭސް/ވިޓަމިން އޭ ކެޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
  6. ސްކޫލުގެ ފަސްޓް އެއިޑު އިކުއިޕްމެންޓްސްގެ އިންވެންޓްރީ އަދި ހެލްތް ރޫމުގެ އިންވެންޓްރީ ތައްޔާރުކޮށް ބެލެހެއްޓުމާއި، ހެލްތު ރޫމުން ދޭ ޚިދުމަތްތައް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުމާއި، ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ "ވަލްނަރަބަލް" ދަރިވަރުންގެ ޞިއްޙީ ހާލަތު ވަޒަންކޮށް އެފަދަ ދަރިވަރުންނަށް ކުލާސް ޓީޗަރާއި ސްކޫލްގެ ވެރިންނާއި ގުޅިގެން އެހީތެރިވެދީ، އެފަދަ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުން.
  7. ސްކޫލުން ބޭރުގައި، ސްކޫލުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑްގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
  8. ސްކޫލްގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ޞިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަށް ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ފަރުވާ (ފުރަތަމަ އެހީ) ދިނުމާއި، މިކަމާގުޅޭ އެންމެހާ ކަންތައްތަކުގެ ރިޕޯޓާއި ރިކޯޑް ބެލެހެއްޓުން.
  9. ސްކޫލުގެ ޓީޗަރުންނާއި ސްކޫލުގެ މަތީގްރޭޑުތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑް ޓްރެއިނިންގ ދެވޭނެ އިންތިޒާމު ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ހަމަޖެއްސުމާއި، ސކޫލުގައި މަދިރި ފަނި އާލާވާނޭ ތަންތަން ހުރިތޯބަލައި ޗެކްކުރުމާއި، ރަށުގައި ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އެކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ކުރެވިދާނެކަންކަން ބަލައި ސްކޫލުގެ ވެރިންނާއި ގުޅިގެން ފިޔަވަޅުއެޅުން.
  10. ސްކޫލުން ދަރިވަރުންނަށް ފޯރުކޮށްދޭ ފެނަކީ ޞިއްޙީގޮތުން ރައްކާތެރި ފެންތޯ ކަށަވަރުކުރުމާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ސްކޫލުގައި ދަރިވަރުން ކިޔަވާ ދުވަސްތަކުގައި ދުވާލަކު އެއްފަހަރު ސްކޫލުގެ ދަރިވަރުންގެ ފާޚާނާތަކުގެ ހާލަތު ބަލައި ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުން.
  11. ދަރިވަރުންގެ ފާޚާނާތަކުގެ ސާފުތާހިރުކަން ކުޑަކަމަށް ފާހަގަކުރެވޭނަމަ އެކަމެއް ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ ސަމާލުކަމަށް ގެނައުން.
  12. ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެއްވެސް ދަރިވަރަކު ދާއިމީ ބައްޔަކަށް ފަރުވާ ނަގާތޯ ބެލުމާއި، އެފަދަ ދަރިވަރަކަށް ދާއިމީކޮށް ދޭންޖެހޭ ބޭހެއް ހުރިނަމަ، އަދި ސްކޫލުގައިއުޅޭ ގަޑީގައި މިފަދަ ބޭހެއް ދޭންޖެހިއްޖެނަމަ، އެދަރިވަރަކަށް ބެލެނިވެރިޔާގެ މެދުވެރިކޮށް އެބޭސް ދެވޭނެ އިންތިޒާމު ހަމަޖައްސައި ލިޔުމުން އެކަން ކަށަވަރުކުރުން.
  13. ސްކޫލުގައި ކެންޓީނެއް ހިންގާނަމަ، އެކެންޓީނަކީ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން ކަށަވަރުކުރުމާއި، އެކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް އެންގުމާއި ކެންޓީނުން ލިބެންހުންނަ ކާނާއައީ، ބުއިންތަކަކީ ޞިއްޙީ ގޮތުން ރަނގަޅު އަދި ރައްކާތެރި ކާނާއާއި ބުއިންތައްތޯ ކަށަވަރުކުރުން.
  14. ކޮންމެ އަހަރަކު ސްކޫލުގައި ހިންގާ ސްކޫލް ހެލްތް ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓްތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ފޮނުވުން.
  15. ދާއިރާއާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

1- ހެލްތް ސާރވިސަސް

 

ތަޢުލީމީ ރޮނގުތައް:

  1. ކޮމިއުނިޓީ ހެލްތް
  2. ނާރސިންގ
  3. ޕްރައިމަރީ ހެލްތްކެއަރ
  4. ޕަބްލިކް ހެލްތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މި ސްކޫލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ) ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ތިނަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް admin@thinadhooschool.edu.mv  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 އޭޕްރިލް 2022 އާއި 19 އޭޕްރިލް 2022 އާ ދެމެދު، ތިނަދޫ ސްކޫލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ލިޔުމުން އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842050 ނުވަތަ 6842070 އަށެވެ. އީ-މެއިލް ކުރާނީ admin@thinadhooschool.edu.mv  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

06 އޭޕްރިލް 2022
ހޯދާ