ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ3 މަސްދޯނީގެ ޖެކާއި ހުންގާނު ސިސްޓަމް އިންޓޯލްކުރުން

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ރައްޔިތުންގެ ''ދުރުރާސްތާ3'' މަސްދޯނީގެ ޖެކާއި ހުންގާނު ސިސްޓަމް ބަދަލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)384-A/2022/ 22  ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                   ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޭޕްރިލް 2022  ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު  info@madifushi.gov.mv އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6780034 ފޯނާ ގުޅުއްވާ ޔަޤީން ކުރައްވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 11 އޭޕްރިލް 2022  ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ ނަންބަރ 6780034 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ބިޑް ހުޅުވުން  13 މާރިޗް 2022 ބުދަ ދުވަހު 11.00ގައި މި އިދާރާގައި އޮންނާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޭޕްރިލް 2022
ހޯދާ