ދިވެހިރާއްޖެ
މި އިދާރާއަށް މަސައްކަތު މީހަކު ބޭނުންވެގެން ކުރެވުނު ނަންބަރު: A)-413/2014/49) އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: މަސައްކަތު
ރޭންކް: އެސް. އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
އޮފީސް / އިދާރާ: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 3100.00 ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
ބޭނުންވާ އަދަދު: 01
ތަޢުލީމާއި ތަޖުރިބާ:
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލްގެ އިދާރާގެ ތަޅުމާއި، ފަރުނީޗަރތަކާއި، މެޝިނަރީތައް ސާފުކުރުން.
- ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލްގެ އިދާރާގެ ފާޚާނާތަކާއި، ގިފިލި ސާފުކުރުން.
- ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލްގެ އިދާރާގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފުކުރުން.
- ކޮންމެ ދުވަހަކު ކައުންސިލް އިދާރާގައި ހުންނަ ކުނި ވަށިގަނޑުތައް ހުސްކުރުން.
- ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާގެ އައިސް އަލަމާރިއަށް ފެންލުމާއި، ކައުންސިލްގެ އިދާރާގެ ވެރިންނަށް ފެން ގެންގޮސް ދިނުމާއި، އައިސް އަލަމާރި ސާފުތާހިރުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ވެސް ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގެ އިންތިޒާމްތައް ސާފުތާހިރުކޮށް ތަރުތީބުން ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ވެސް ކައުންސިލް އިދާރާއިން އަންގަން ޙަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ކައުންސިލްގެ އިދާރާއިން ފޮނުވާ ތަކެތި އެ ތަކެތި ލިބެންވީ ފަރާތާ ޙަވާލުކުރުން.
- މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުމާއި، ގޯތިތެރެ ސާފުކޮށް ތަރުތީބުން ބޭއްވުން.
- މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
- މަދުވެގެން މަހަކު އެއްފަހަރު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ އިދާރާގެ އޭ.ސީ ސާފުކޮށް ބެލެހެއްޓުން.
- މަދުވެގެން ހަފްތާއަކު 1 ފަހަރު ކުނި އުކާލަންޖެހޭ ސަރަހައްދަށް ކުނި އުކާލުން.
- މަދުވެގެން މަހަކު 1 ފަހަރު ކައުންސިލްގެ އިދާރާގެ ގިފިލިވަޅު ދިޔަހިއްކުން.
- މަދުވެގެން މަހަކު 1 ފަހަރު ކައުންސިލްގެ އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުމާއި، ސާފު ބޯފެން ނެގޭނެ އިންތިޒާމް ހަމަޖެއްސުން.
- މަދުވެގެން މަހަކު 1 ފަހަރު ތާނގީ އެތެރެ ޗެކުކޮށް ސާފުކުރަން ޖެހޭނަމަ ސާފުކޮށް ބެލެހެއްޓުން.
- މަދުވެގެން ކޮންމެ 6 މަހުން 1 ފަހަރު ތާނގީދޮވެ ސާފުކުރުން.
- ކައުންސިލްގެ އިދާރާގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ އެކަމާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކައުންސިލް އިދާރާ ޒިންމާވާ ގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށިފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމާއި، އެތަކެތި އެތަންތަނުން ބަނދަރަށް ގެންދިޔުން.
- ކުރަންޖެހޭ މަސައްކަތާ ގުޅިގެން ޙަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި، ކައުންސިލްގެ އިދާރާގެ ވަށަައިގެންވާމަގުގެ 1/2 ބައި ސާފުކޮށް އަބަދަުވެސް ބޭއްވުން.
- ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭ އިންޓަވިއު އޮންނާނެ ތަނާއި ގަޑި ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވާ ހުށަހަޅުއްވާނީ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ގއ. ގެމަނަފުށީ ކައުންސިލް އިދާރާއަށެވެ.
އުޖޫރައާއި ޢިނާޔަތް:
- ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ގެމަނަފުށީ ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7787371 ނަންބަރު ފޯނަށެވެ.
9 ޛުލްޤަޢިދާ 1435