ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙް މިސްކިތުގެ ތަށިމުށި ބަދަލުކުރުމާއިގުޅޭ

މަސްޖިދުލް ފަލާޙް މިސްކިތުގެ ފެންޑާމާއި ވުޟޫކުރާބައިގެ ތަށިމުށި ތަޅާ ނެގުމަށްފަހު އަމިއްލަތަކެތީގައި ތަށިމުށި ބަދަލުކުރުމަށް ކައުންސިލުން ބޭނުންވެއްޖެއެވެ.

 ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަޑައެޅިފައިވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށްފަހު،  އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ ހޯލްގައި)

13 އޭޕްރީލް 2022

11:00

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި)

17 އޭޕްރީލް 2022

11:00

  މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

  އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޭޕްރިލް 2022
ހޯދާ