ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ނިލަންދޫ ކުނިކޮށީގެ މަސައްކަތް ނިންމާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުން

ގއ. ނިލަންދޫ ކުނިކޮށީގެ މަސައްކަތް ނިންމާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުން

 

މިރަށުގައި ޤާއިމުކުރަން ފަށާފައިވާ ކުނިކޮށީގައި ނުނިމިހުރި މަސައްކަތް ނިންމައި އެތަނަށް ބޭނުންވާ މެޝިނަރީޒް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން (IUL)409/409/2022/20ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން secretariat@nilandhoo.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ބިޑް ހުށަހެޅުން

ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ

08 މެއި 2022

އާދިއްތަ

11:00

 

   ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް، އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ secretariat@nilandhoo.gov.mv އަށެވެ.

14 އޭޕްރިލް 2022
ހޯދާ