ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މަޢުލޫމާތާ އެއްގޮތަށް، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މައި އޮފީސް، އެފް އެސް އެމް ބިލްޑިންގ 5 ވަނަ ފަންގިފިލާގެ A ބުލޮކުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 18 އެޕްރީލު 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން tenders@fsm.mv އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބީލަމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެއެވެ.
- ޕްރީބިޑް މީޓިންގް: ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައި ވަނީ 19 އެޕްރީލު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި ތިރީގައިވާ އެޑުރެހުގައެވެ. މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު މި މީޓިންގްގައި ދެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 26 އެޕްރީލު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި ތިރީގައިވާ އެޑުރެހުގައެވެ.
6 ވަނަ ފަންގިފިލާ
އެފް އެސް އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
14 އޭޕްރިލް 2022
ހޯދާ