އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ޞިއްޙި މަރުކަޒު
ދިވެހިރާއްޖެ
އދ. މާމިގިލީ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އދ. މާމިގިލީ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު adh.maamigilihc@health.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 އެޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އދ. މާމިގިލީ ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 19 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން adh.maamigilihc@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 އޭޕްރިލް 2022
ހޯދާ