ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސެކިއުރިޓީ ގާޑް |
ބޭނުންވާ އަދަދު: |
03 (ތިނެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯޓް ސްޓާފް - ގްރޭޑް 05 |
މުސާރަ: |
މަހަކު 3500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ފެސިލިޓީގެ ސެކިއުރިޓީ ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް އެންގުން. - ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން. |
މަޤާމް: |
ސަޕޯޓް ސްޓާފް (ފިރިހެން) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯޓް ސްޓާފް - ގްރޭޑް 05 |
މުސާރަ: |
މަހަކު 3500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ފެސިލިޓީގެ އެތެރެއާއި، ގޯތި ތެރެ ހިމެނޭ ސަރަޙައްދު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން. - އެކޮމަޑޭޝަން ފެސިލިޓީތަކުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. - ލޯންޑަރީގެ މަސައްކަތްތައް ކުރުމާއި ހައުސްކީޕިން މަސައްކަތްތަކުގައި ބައިވެރިވުން. - ފެސިލިޓީތަކުގެ ފޮޅާ ސާފު ކުރުމުގެ އެންމެހާ މަސައްކަތް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، އޭޕްރީލް / މޭ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
18 ރަމަޟާން 1443