ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސިވިލް އިންޖިނިއަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
އިންޖިނިއަރ ގްރޭޑް 02 |
މުސާރަ: |
މަހަކު 12750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ - ފޯނު އެލަވަންސް: 450.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ސިވިލް އިންޖިނިއަރިންގ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ - ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓްތައް ޑިޒައިންކުރުމާއި ރާވާ ހިންގުމުގެ އެންމެހާ މަސައްކަތް ކުރުން. - ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓީ.އޯ.އާރް ތައްޔާރުކުރުން. - ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ސަލާމަތީކަންކަން ހުރި ގޮތް ބަލައި ކަށަވަރުކުރުން. - ޑިޒައިންތަކާއިބެހޭ ގޮތުން ކާމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން. - ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް، ޕްރޮޖެކްޓް ޓީމްތަކާއި ގުޅިގެން އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ ރަގަޅަށްކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތުގެ ފެންވަރާއި، މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން. - ޑިޕާޓްމަންޓުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލާފާ ދިނުން. - ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާއި މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްޞީލީ ރިޕޯޓް ތައްޔާރުކުރުން. - ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްސީލީ ކުރެހުންތަކާއި ޑިޒައިންތައް، ސްޕެސިފިކޭޝަން އަދި ކޮމްޕިއުޓަރ މޮޑެލްގެ ސްޓްރަކްޗަރ އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުން . - ޕްރޮޖެކްޓް ޕްލޭންކުރުމާއި، ޑިޒައިންކުރުމާއި، ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވުން. |
މަޤާމް: |
ކުއެންޓިޓީ ސަރވެޔަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
އިންޖިނިއަރ ގްރޭޑް 02 |
މުސާރަ: |
މަހަކު 12750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ - ފޯނު އެލަވަންސް: 450.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ކުއަންޓިޓީ ސަރވެއިންގ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން. - ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ކުއަންޓިޓީ ސަރވެއިންގ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ތަފްސީލީ ކުރެހުންތަކައް ބިނާކޮށް ޕްރޮޖެކްޓަށް ޚަރަދުވާނެ އަގުތައް ތައްޔާރުކުރުމާއި އެ ޕްރޮޖެކްޓަށް ޚަރަދުވަމުންދާ މިންވަރު ބެލެހެއްޓުން. - ސައިޓުތަކުގައި މަސައްކަތްކުރާ ޓީމާއި ކޮމާޝަލް ޓީމުގެ މުޢާމަލާތްތައް އެންމެ އެކަށޭނަ ގޮތަށް ކުރިއަށްދާކަން ޔަޤީންކުރުން. - ކުއެންޓިޓީ ސަރވެޔަރުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން. - ޕްރޮޖެކްޓްތަކުގެ ކޭޝް ފޮލޯ ފޯކާސްޓް ތައްޔާރުކުރުމާއި ބެލެހެއްޓުން. - ކޮންޓްރެކްޓް ތައް ބެލުމަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކާމާ ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުން. - ސައިޓުތަކުގެ ސަބް-ކޮންޓެކްޓަރުންގެ ޕޭމަންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން. - ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމާއި ސައިޓުގައި މަސައްކަތްކުރާ ޓީމުގެ ލަފަޔާއި އެކު، މަހުން މަހަށް ތައްޔާރުކުރަން ޖެހޭ ކޮމާޝަލް ރިޕޯޓުތައް ތައްޔާރުކުރުން. - ޕްރޮޖެކްޓަށް ޙަރަދުކުރެވޭ މެޓީރިއަލްސްތަކާއި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަޅާކިއުން. - ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓް މެނޭޖަރަށް ބޭނުންވާ މަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހިއްސާކުރުން. - ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓް މެނޭޖަރަށް ބޭނުންވާ ސާރވެއިންގ އެހީތެރިކަން ފޯރުކޮށްދިނުން. - ޕްރޮޖެކްޓުގެ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން ރިޕޯޓުތައް ތައްޔާރުކޮށް ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން. - ޕްރޮޖެކްޓަށް ހާއްސަ މިންގަނޑުތައް އެކަށެއެޅުމަށް ބޭނުންވާނެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. - ޓެކްނިކަލް ރިޕޯޓުތައް ތައްޔާރުކޮށް ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން.
|
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
18 ރަމަޟާން 1443