ދިވެހިރާއްޖެ
ނަންބަރު: (IUL)325-MS/325/2022/19
އިޢުލާން
ގެވަޅުވިލަރެސް ކޮމިޓީއަށް ޢާންމުންގެ ފަރާތުން މެންބަރުން އައްޔަންކުރުން
މިއަހަރު މިރަށުން ގެވަޅު ދޫކުރުމަށް ކަނޑައެޅި ގެޒެޓްކުރެވިފައިވާ އުޞޫލްގެ ދަށުން އެކުލަވާލަންޖެހޭ ވިލަރެސް ކޮމިޓީއަށް ޢާންމުންގެތެރެއިން ނަގަންޖެހޭ 3 މެންބަރުން ހަމަޖެއްސުމަށްޓަކައި މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މެންބަރުކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 27 އެޕްރީލް 2022 ބުދަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
1 ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން .
2 މިބުރުގައި ގޯއްޗަށް އެދި ހުށަހަޅަން ޤަސްތު ކުރާ ފަރާތެއްކަމުގައި ނުވުން .
ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ، ތައުލީމީގޮތުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
ގެވަޅުދޫކުރުމުގެ އުޞޫލްގެ 4 ވަނަމާއްދާގެ (ށ) ގައިވާގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 03 (ތިނެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް އާއްމުން ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި ގެވަޅުލިބިފައިވާ ފާރާތްތަކަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.