ދިވެހިރާއްޖެ
އިޢުލާން
މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނެއް ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު: |
1 |
ކޯޓު/އިދާރާ: |
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި މެޖިސްޓްރޭޓް ކޯޓް |
އެލަވަންސް: |
-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް) |
މަޤާމުގެ ޝަރުތު: |
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ މަޢުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް - ވަނަވަރު - އައިޑީކާޑުގެ ކޮޕީ - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ |
ކައިވެނިކޮށްދޭންޖެހޭ ގަޑި: |
- ކޮންޓްރެކްޓް އުސޫލުން ކައިވެނި ޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ޙަވާލުކުރެވޭނެއެވެ. |
ސުންގަޑި: |
28 އެޕްރީލް 2022 ވަނަ ދުވަހުގެ 12:30ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ. - މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓް
ގދ. މަޑަވެލި
ފޯނު: 6840138
އީ-މެއިލް: gdh.madeveli@judiciary.gov.mv
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.
19 ރަމަޟާން 1443
20 އެޕްރީލް 2022