ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
އެންވަޔަރަންމަންޓަލް އިންޖިނިއަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
އިންޖިނިއަރ ގްރޭޑް 02 |
މުސާރަ: |
މަހަކު 12750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ - ފޯނު އެލަވަންސް: 450.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. - ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން. - އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - (އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގައި އީ.އައި.އޭ ކޮންސަލްޓެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މި ކޯޕަރޭޝަންގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ އެންވަޔަރަންމަންޓަލް ދިރާސާތައް ހަދައި ރިވިއުކުރުން. - އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަޑަށް ފެތޭނެގޮތަށް 'އެންވަޔަރްމަންޓަލް އިމްޕެކެޓް އެސެސްމަންޓް' ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމާއި ބެލެހެއްޓުން. - މި ކޯޕަރޭޝަންގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ހުއްދަތައް ހޯދުމާއި އެ އަދާހަމަކުރުން. - އެންވަޔަރަންމަންޓަލް ސައިންސް ދާއިރާ އިން ބޭނުންވާ ފަންނީ އެހީތެރިކަމާއި، ލަފާ ޕްރޮޖެކްޓް ޓީމްތަކަށް ފޯރުކޮށްދިނުން. - ޕްރޮޖެކްޓްތަކަށް ކުރިއަށްދަނީ އެކަމަށް ހެދިފައިވާ ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަން ކަށަވަރުކުރުން. - ޑާޓާ ދިރާސާ ކުރުމާއި މަސައްކަތުގެ ފެންވަރު ބެލުން. - 'އެންވަޔަރަންމަންޓަލް އިމްޕެކެޓް އެސެސްމަންޓް' ހެދުމަށާއި އެހެނިހެން ރިޕޯޓް ތައްޔާރުކުމަށް ބޭނުންވާ ޑާޓާ ތައް ހޯދުމާއި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުން. -ޑިޕާޓްމަންޓުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމުގެ ގޮތުން، މަސައްކަތާއި ގުޅިގެން ސުޕަވައިޒަރު ޙަވާލުކުރާ އެހެނިހެން މަސައްކަތް ނިންމުން. |
ސުންގަޑި: |
މި ވަޒީފާތައަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް (jobs@rdc.com.mv) އަށް ފޮނުވަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭ މަހުގެ ތާރިޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
19 ރަމަޟާން 1443