ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް މެނޭޖަރ - ރޯޑް ކޮންސްޓްރަކްޝަން |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް މެނޭޖަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 8250.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 3300.00 ރުފިޔާ - ފޯނު އެލަވަންސް: 450.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް ނުވަތަ ޕްރޮޖެކްޓް ސައިޓްތައް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 5-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 13-8 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޙަވާލުކުރެވޭ ޕްރޮޖެކްޓް ސައިޓުތަކުގެ އެންމެހާ މަސައްކަތްތައް ކުރުން. - ޕްރޮޖެކްޓް ޝެޑިއުލް އާއި އެއްގޮތަށް ސައިޓުގައި މަސައްކަތްތައް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން. - މަސައްކަތްކުރާ ޓީމަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދިނުން. - މަސައްކަތުގެ މާޙައުލުގައި އެޅިފައި ހުންނަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅިފައިވޭތޯ ކަށަވަރުކުރުން. - ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު ބަލައި އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާތޯ ޔަޤީންކުރުން. |
މަޤާމް: |
އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 4000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1600ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ލޮޖިސްޓިކްސް ސަޕްލައި މަސައްކަތް ރާވައި ހިންގުން. - ޕްރޮކިއުމެންޓް ޑިޕާޓްމަންޓުން ކުންފުނީގެ ސައިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމުން، އެތަކެތި ދޯނިފަހަރަށްލައި ބަރުކުރުން (މިކަމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމެންޓު ހެދުން). - ކުންފުނީގެ ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން. - ކުންފުނީގެ ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ޕްރިކާސްޓް އައިޓަމްތައް ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން. - ތިލަފުށިން މާލެއަށް ގެންނަ މުދާ އެޑްމިން ސްޓޯރ އާއި ގުޅިގެން މާލެ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުން - ލޮޖިސްޓިކް ނޯޓްތައް ބަލައިގަނެ ލޮޖިސްޓިކް ހަމަޖެއްސުން. |
މަޤާމް: |
އެސިސްޓެންޓް ހައުސްކީޕިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05 |
މުސާރަ: |
މަހަކު -/5000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2000 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ފެސިލިޓީ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަނުން އެކަށައަޅާ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން އެކޮމަޑޭޝަން ފެސިލިޓީތަކުގެ ހައުސް ކީޕިން ހިދުމަތްތައް ދެވޭކަން ކަށަވަރު ކުރުން. - ހައުސް ކީޕިން ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ އާލާތްތައް ފެސިލިޓީތަކަށް ހަމައަށް ލިބޭކަން ކަމާބެހޭ ޑިޕާޓްމަންޓްތައް މެދުވެރިކޮށް ކަށަވަރު ކުރުން. - އެކޮމަޑޭޝަން ފެސިލިޓީތަކުގެ ކޮޓަރިތައް ސާފުކޮށް ބެލެހެއްޓުން. - ހުރިހާ ކޮޓަރިތަކެއް އަދި އެކޮމަޑޭޝަން ބްލޮކްތައް ޤާއިމްކުރެވިފައިވާ މިންގަނޑަށް ތައްޔާރުކުރެވިފައިވާކަން ކަށަވަރުކުރުން. - ތަނުގައި ބޭނުންކުރެވޭ ތަކެއްޗާއި، ބެހެއްޓިފައިވާ މުހިންމު އާލާތްތައް/ މެޝިނެރީސްތައް ބަރާބަރަށް މަސައްކަތްކުރާކަން ކަށަވަރު ކުރުން - ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން. - ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި،އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުން - ތަނުގެ އާއްމު ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން - ތަނުގައި ބަހައްޓަންޖެހޭ ސައިން ބޯޑްތައް/ލިޔުންތައް ހަމައަށް ހުރިތޯބެލުމާއި، ނެތްކަމަށް ފާހަނގަވާ ބޯޑެއް/ލިޔުމެއް ވާނަމަ ވެރިންނާއި ވާހަކަދައްކައިގެ އެފަދަ ތަކެތި ހަމަކުރުން. - ފެސިލިޓީތަކުގައި ދެވޭ ހައުސް ކީޕިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓްގެ އިސްވެރިން މެދުވެރިކޮށް މެނޭޖްމަންޓަށް ހުށައެޅުން. |
މަޤާމް: |
އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05 |
މުސާރަ: |
މަހަކު -/5000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2000 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހާއި ސައިޓުތައް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސެކިއުރިޓީ ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސައިޓް /އޮފީހުގެ ސެކިއުރިޓީ އާއި ގުޅޭ އެންމެހާ ކަންކަން ކޮންމެ 1 ގަޑީ އިރަކުން ބެލެހެއްޓުން. އަދި އާދަޔާ ޚިލާފުކަމެއް ފާހަގަ ކުރެވޭނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް ސުޕަވައިޒަރު އެންގުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ސުޕަވައިޒަރަށް ރިޕޯޓްކުރުން. - ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، ތަނުގައި އެފަދަ އެއްވެސް ކަމެއް ހިނގާކަމަށް ފާހަގަ ކުރެވޭނަމަ އެކަން ހުއްޓުވުމަށް ކަނޑަ އެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 26 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރީލް / މޭ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
20 ރަމަޟާން 1443