ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް ޕްރޮޑަކްޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 5 |
މުސާރަ: |
މަހަކު 5000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2000 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޑަކްޝަން ސައިޓަށް ބޭނުންވާ މެޓީރިއަލް އާއި އެހެނިހެން ސާމާނުތައް މަސައްކަތަށް ދަތިނުވާނެ ގޮތަށް ސައިޓަށް ގެންދިއުމަށް ދުރާލާ ރޭވުން. އަދި މެޓީރިއަލް ނުލިބި ލަސްވާނަމަ އެކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓުގެ ވެރިންނަށް އަންގައި އެކަމަށް ޙައްލުހޯދުން. - ސައިޓުތަކުގެ މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް ފެއްޓުމާއި، މަސައްކަތް ފެށިގަޑިއާއި ނިންމި ގަޑި ކޮންމެ ދަންފަޅިއެއްގެ މަސައްކަތް ނިމުމުން ސުޕަވައިޒަރަށް ރިޕޯޓްކުރުން. އަދި ކަނޑައަޅާ އުޞޫލާއެއްގޮތަށް ލޮގުކުރަމުން ގެންދިއުން. - ދުވަހުގެ މަސައްކަތްތައް ނިންމުމަށްފަހު މެޝިންތަކާއި ހިފައި ގެންގުޅޭ އެހެނިހެންތަކެތި ސާފުކޮށްފައި ހުރިކަން ޔަޤީންކުރުމާއި އެފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓިފައިހުރިތޯ ބެލުން. - ޕްރޮޑަކްޝަން ޑިޕާޓްމަންޓުން އެވަގުތު ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ޓާގެޓް ޙާސިލްކުރުމަށް ބާރުއަޅައި، ވަކި މުއްދަތެއް ކަނޑައޅާފައިވާނަމަ އެމުއްދަތަކަށް މަސައްކަތް ނިންމުމަށް ގަދައަޅައި މަސައްކަތްކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މެއި މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
24 ރަމަޟާން 1443