ދިވެހިރާއްޖެ
ނަންބަރު:- (IUL)471-CDS1/471/2022/100
ޢާއްމު އިޢުލާން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ހުރި ބައު ތަކެއްޗާއި ބިއްލޫރި ޝީޓް (އެކި ސައިޒްގެ ރަހަ ބިއްލޫރި އާއި ގަނޑު ބިއްލޫރި) އާއި ލަކުޑި ފަތި، ސީލިންގ ބޯޑު، ޑެކް ފިލާ، ސީލިންގ ޑައުން ލައިޓް ހޯލްޑަރ އާއެކު، ކައުންޓަރ މަތި (ބިއްލޫރި ލެއްވި)، އޮފީސް ޕާރޓިޝަން، ކާރޕެޓް ރޯލް، އަދި ކަރަންޓު ސޮކެޓް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ހުރަވީ ބިލްޑިންގ ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 03 މެއި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 9995218
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.