ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތު މަސައްކަތްތައް

ނަންބަރު: B17C-A/2022/5

                                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

   1.1. ރިސެޕްޝަން ބައި މަރާމާތުކުރުމުގެ މަސައްކަތް

   1.2. ކޯޓުގެ އިދާރީބަޔާއި އެކޮމޮޑޭޝަން ރޫމް ގުޅުވާލުމުގެ މަސައްކަތް

   1.3. ކޯޓުގެ ފާޚާނާތައް މަރާމާތުކުރުމުގެ މަސައްކަތް

   1.4. ކޯޓުގެ ދޮރުފޮތިތައް ބަދަލުކުރުމުގެ މަސައްކަތް

2- މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

   2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

      I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

      II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

      III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

      IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

   2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

3- މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 މެއި 22 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.މައުލޫމާތު ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

4- ބީލަން  ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2022 މެއި 29 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

5-އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓް، ހދ މަކުނުދޫ، ދިވެހިރާއްޖެ،ފޯން: 6520078 ،     އީ-މެއިލް: hdh.makunudhoo@judiciary.gov.mv

‏08‏ ޝައްވާލް‏ 1443

‏09‏ މެއި‏ 2022

10 މޭ 2022
ހޯދާ