ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ
މާލެ، ދިވެހިރާއްޖެ
(IUL)PSM-FP/PSM/2022/120:ނަންބަރު
އިޢުލާން
ފަރުނީޗަރާއި އޭސީ ޔުނިޓުތައް ނީލަމުގައި ވިއްކާލުން
މި ކުންފުނީގައި ބޭނުންކޮށްފައި ހުރި ފަރުނީޗަރ އަދި އޭސީ ޔުނިޓުތައް ނީލަމުގައި ވިއްކާލަން ހަމަޖައްސައިފީމެވެ. އަދި ނީލަންކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތައް 22 މެއި 2022 ވާ އާދިއްތަ ދުވަހު 15:00 އާއި 16:00 އާ ދެމެދު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަށް ވަޑައިގަތުމުން ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. މިތަކެތި ނީލަމުން ނަންގަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް 24 މެއި 2022 ވާ އަންގާރަ ދުވަހު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަށް ޙާޟިރުވެވަޑައިގެން ދެއްވުން އެދެމެވެ. ނީލަން ފެށޭގަޑި ހަވީރު 15:00 ނިމޭގަޑި 16:00 އެވެ. ނީލަން ކާމިޔާބު ކުރާފަރާތް ތަކުން 26 މެއި 2022 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންގޮސް ނިންމެވުން އެދެމެވެ.
17 މެއި 2022