ވަޒީފާގެ ފުރުޞަތު
|
ނަންބަރު: S2C-A/2014/17
|
ތާރީޚު: 9 ސެޕްޓެންބަރު 2014
|
މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1
|
ރޭންކް:
|
SS1
|
އަސާސީ މުސާރަ:
|
-/3،100 ރުފިޔާ
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
- ޢާންމު ފަރާތްތަކާ ހަވާލުކުރުމަށް ކޯޓުން ބޭރުކުރާ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން.
- ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން ފަރާތްތަކާ ކޯޓުން ހަވާލުކުރަންޖެހޭ ސިޓީއާއި، ލިޔުމާއި، ތަކެތި ހަވާލުކުރުން.
- ކޯޓުން ބެންކަށް ޖަމާކުރަންޖެހޭ ފައިސާ ބޭންކަށް ޖަމާކުރުމުގެ މަސައްކަތް ކުރުން.
- ކޯޓަށް ބޭނުންވާ ތަކެތި ހޯދުމުގައި، ކަމާބެހޭ މުވައްޒަފު އަންގާގޮތެއްގެމަތިން ފިހާރަތަކަށްގޮސް ތަކެތީގެ އަގުބަލައިދިނުން.
- ކޯޓަށް ބޭނުންވާތަކެތި ކޯޓުންދޭ ޕާޗެސް އޯޑަރާ އެއްގޮތަށް ފިހާރަތަކުން މުދާ ކޯޓަށް ގެނެސް ކަމާބެހޭ ފަރާތާ ހަވާލުކުރުން.
- ކޯޓުގެ ގޯތިތެރެއާއި ޢިމާރާތުގެ ވަށައިގެންވާ މަގުތަކުގެ ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ކޯޓުގެ ޢިމާރާތުގެ އެތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަދުވެގެން ހަފުތާއަކު އެއްފަހަރު ކޯޓުގެ ތަޅުންގަޑު މޮޕްކުރުން.
- ކޯޓުގެ ފަރުނީޗަރާއި މެޝިނަރީފަދަ ތަކެތި ފޮހެ ސާފުކޮށް ބެލެހެއްޓުން.
- ކޯޓުގެ ގޯތިތެރޭގައި ގަސްއިންދާ ހެއްދުމާބެހޭ މަސައްކަތް ކުރުމާއި، ކޯޓުގެ ގޯތިތެރޭގައި ހުންނަ ރުއްގަސްފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
- ކޯޓުގެ ސިކިއުރިޓީ ބަލަހައްޓަންޖެހިއްޖެ ޙާލަތްތަކުގައި އިދާރީ ސެކްޝަނުން އަންގާގޮތެއްގެމަތިން ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.
- ދައުލަތުގެ ރަސްމީ ދިދައާއި، ކޯޓުގެ ރަސްމީ ދިދަ ނަގައި ތިރިކުރުން.
- ކޯޓުގެ ވަޅުދިޔަ ހިއްކުމާއި، ތާނގީތައް ބެލެހެއްޓުމާއި ދިޔަ ދޮވި ސާފުކޮށް ބެލެހެއްޓުން.
- ކޯޓުން ކުރާ ޙުކުމާ އެއްގޮތަށް ޙައްދުޖަހަންޖެހޭ ފަރާތްތައް ޙައްދުޖެހުމާއި، ތަޢުޒީރުކުރަންޖެހޭ ފަރާތްތައް ތަޢުޒީރުކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތައް އަސްލާ އެއްގޮތްތޯ ބެލޭނެއެވެ.)
- ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑު ކޮޕީ.
- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.
|
ނޯޓް:
|
- މި މަޤާމަށް ކުރިމަތިލާ ފަރާތްތައް 10 އަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ.
|
ސުންގަޑި:
|
- 2014 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:
ފޯނު ނަންބަރު: 6885571 ފެކްސް ނަންބަރު: 6885570
|