އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އދ.ދިގުރަށު ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުން

އދ. ދިގުރަށު ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 13 އޭޕްރީލް 2022 ގައި މިޞިއްޙީމަރުކަޒުން ކޮށްފައިވާ އިޢުލާން ނަންބަރ (IUL)I-07/DSM/2022/01 ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓްރީ ވެފައި ނުވުމާއެކު މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 17 މެއި 2022 ވާ އަންގާރަ ދުވަހުން ފެށިގެން 24 މެއި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު adh.dhigurahhc@health.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މެއި 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 19 މެއި 2022 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 ގެ ކުރިން adh.dhigurahhc@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

17 މޭ 2022
ހޯދާ