ދިވެހިރާއްޖެ
ނަންބަރު:- 115(IUL)471-CDS1/471/2022/
ޢާއްމު އިޢުލާން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ހުރި ބައު ލަކުޑި ޑެކްފިލާ ފުނި، ލަކުޑި ބޮޑު ދޮރުފަތް ބިއްލޫރި ލެއްވި، ލަކުޑި ފަތި ފުނި، ލަކުޑި ބޮޑު ދޮރުފަތް، ލަކުޑި ސިޑި، ކަރަންޓު ނަރު ޖަންބޯ ފުނި، ކުޑަ ދޮރުފަތް ބިއްލޫރި ލެއްވި، ދަގަނޑު ޗެންޗޭނު، ރަހަ ބިއްލޫރި ގަނޑު ބޮޑު ފްރޭމްއާއިއެކު، ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ހުރަވީ ބިލްޑިންގ ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 24 މެއި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 9995218
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.