ދިވެހިރާއްޖެ
މި ކޮމިޝަންގެ ބައުވެހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2022މެއި 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާފަރާތްތަކުން، 2022 މެއި 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށްމި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން،ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022މެއި 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވެ، ނީލަމުގައިބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފްފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށްދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
19 މެއި 2022
18 ޝައްވާލް 1443