ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު 422/422/2022/40(IUL) (10 މެއި 2022) ގެ އިޢުލާނުން މިރަށު ހުއްޓޭކޮޑާ އިން ފަތުރުވެރިކަމަށް ބިން ދޫކުރުމާއި ގުޅޭގޮތުން ރަޖިސްޓްރީ ވުމަށް ދެވިފައިވާ މުއްދަތު އަދި ބީލަން ހުޅުވުމަށް ދެވިފައިވާ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.
މިގޮތުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 31 މެއި 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް projects@fiyori.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ޝީޓުގައިވާ ގޮތަށް ބަންދުކުރެވިފައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން projects@fiyori.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅިގެން ޕްރީބިޑް މީޓިންގް އެއް ނޯނާނާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.