ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ޕާލިމެންޓްރީ އެޑިޔުކޭޝަން އޮފިސަރ

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 ސީނިއަރ ޕާލިމެންޓްރީ އެޑިޔުކޭޝަން އޮފިސަރ

ރޭންކް:

 MS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ޕާލިމެންޓްރީ އެޑިޔުކޭޝަން

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ( ޕޮލިޓިކަލް ސައިންސް، އެޑިޔުކޭޝަން ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން ހިންގޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސެކްޝަންގެ އަހަރީ ޕްލޭނާ އެއްގޮތަށް ސެކްޝަންގެ އިސްކޮށްހުންނަވާ ފަރާތެއްގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން.
  • ރައްޔިތުންގެ މަޖިލީހާގުޅޭ  ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގޭ ހަރަކާތްތަކަށް ބޭނުންވާ މެޓީރިއަލްސް ދިވެހި ބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކުރުން.
  • ޕާލަމަންޓަރީ އެޑިޔުކޭޝަން ސެމިނަރ، ވޯކްޝޮޕް، މަސައްކަތު ބައްދަލުވުންތައް، މާދިރީތައް ހިންގުމުގައި ބައިވެރިވުން.
  • ސްކޫލުތަކުގެ ދަރިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައި މަޢުލޫމާތު ދިނުން.
  • ސެކްޝަންގެ ވެބް ޕޭޖް، ދިވެހިބަހުންނާއި އިނގިރޭސިބަހުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަނާއި ހަވާލުވެ ހުންނަ ވެރިއެއްގެ އިރުޝާދާ އެއްގޮތަށް ސެކްޝަންގެ އަހަރީ ބަޖެޓާއި، އަހަރު ރިޕޯޓް ތައްޔާރުކުރުން.
  • ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.
  • މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިއެއްގެ އިރުޝާދާގެ މަތިން ސެކްޝަންގެ މަސައްކަތްތައް ކުރުން.

އުޖޫރަ:

- މަހަކު  -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   24 މޭ 2022 އިން 06 ޖޫން 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 06 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން hr@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާއިންދޭ އިމްތިޙާނަކުން ފާސްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

 

24 މޭ 2022
ހޯދާ