ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކައުންސިލް އެސިސްޓެންޓް (ވަގުތީ)

މިއިދާރާގެ މިދަންވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމްގެ ގިންތި:

ވަގުތީ (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 1 އަހަރު)

މުސާރަ:

މަހަކު -/3100 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1200.00 ރުފިޔާ
  • ދަންފަޅި އުޞޫލުން މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އެލަވަންސް ދެވޭނެއެވެ.
  • ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން މިނިމަމް ވޭޖް އެލަވަންސް ލިބޭނެއެވެ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަސައްކަތް ކުރަންޖެހޭތަން:

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

މުނިސިޕަލް ސަރވިސް ޔުނިޓް

ފެންވަރު ނުވަތަ ޝަރުތު:

 - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އަސާސީ ތަޢުލީމު ފެންވަރުހުރި ލިޔަން ކިޔަން އެނގުން

- ޢުމުރުން 18 އަހަރުން މަތީގެ މީހެއް ކަމުގައިވުން.

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފޮޅާ ސާފުކުރުން
  • ކްލެރިކަލް ސަޕޯޓް

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ފުޓްބޯޅަ ދަނޑުގެ ވިނަ ކޮށުމާއި ކޮށާ ވިނަތައް އުކުމާއި ދަނޑުގެ ވިނަގަނޑާއި ވިނަ ކޮށާ މެޝިން ސާފުކޮށް ރައްކާތެރި ކަމާއި އެކު ބެލެހެއްޓުން
  • ފުޓުބޯޅަ ދަނޑުގެ ވިނަގަނޑު ތެރޭގައި ހައްދަން ބޭނުން ނުވާ ވިނަ އާއި ގަސް ފަދަ ތަކެތި ހެދޭނަމަ އެފަދަ ވިނައާއި ގަސް އުފުރާ ކައުންސިލުން އަންގާ ގޮތެއްގެ މަތިން ދަނޑުގެ ވިނަގަނޑު ސާފުކޮށް ބެލެހެއްޓުން
  • ފުޓް ބޯޅަ ދަނޑުގެ ހަތަރު ފާރުގެ އެތެރޭގައި ހުރި ބޮޑެތި ގަސްތައްދޮށާއި އެކު ދަނޑުގެ އެތެރެ ވިނަ ހެދިފައި ނެތް ތަންތަނާއި އެކު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ފުޓްބޯޅަ ދަނޑަށް ކޮންމެ ދުވަހަކު ފެންޖެހުމާއި ފެންޖަހަން ބޭނުންކުރާ ސާމާނުތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން
  • ފުޓްބޯޅަ ދަނޑުގެ އާބާތުރަ ފިލުވުމަށްޓަކައި ބޭނުންވާ ވިނަ ނެގުމަށް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ވިނަ ނާސަރީއެއް ހައްދާ ބެލެހެއްޓުން
  • ފުޓްބޯޅަ ދަނޑުގެ ވަށައި ފެންސާއި ފެންސް ހަރުކުރުމަށް ޖަހާފައިވާ ދަގަނޑު ހޮޅިތަކާއި ވަށައި ފާރުގައި ކައުންސިލުން އަންގައިފި ޙާލަތެއްގައި ދަވާދާއި ކުލަ ލުން
  • ފުޓްބޯޅަ ދަނޑާއި ފުޓްސެލް ދަނޑުގެ އެއްވެސް އެއްޗަކަށް ނުވަތަ ތަނަކަށް ވިޔަސް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ލިބިދާނެ ކަމަށް ބެލެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމެއް އެނގޭތާ ލަސްވެގެން 15 މިނިޓްގެ ތެރޭގައި ކައުންސިލު އިދާރާގެ އިސްވެރިއެއްގެ ސާމާލުކަމަށް ގެނައުން
  • ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަޙައްދުގެ އެތެރޭގައި ހުރި 2 ނިކަގަހާއި އެނޫންވެސް ބޮޑެތި ގަސްތައް ކޮށަންޖެހޭ ޙާލަތެއް މެދުވެރި ވެގެން ކޮށަން ޖެހިއްޖެނަމަ އެ ގަސްތައް ކައުންސިލުގެ އިދާރާއިން އަންގާ ގޮތެއްގެމަތިން ރީތިކޮށް ކޮށައި ބެލެހެއްޓުން
  • ފުޓްބޯޅަ ދަނޑުތެރެއަށް ރާޅު އަރާނަމަ ވީ ވަރަކުން ދަނޑުގެ ވިނަގަނޑު ސަލާމަތްކުރެވޭތޯ މަސައްކަތްކުރުން
  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ފުޓްބޯޅަ ދަނޑުގެ ވިނަ ގަނޑު އާބާތުރަ ފިލުވުމާއި ފުޓްސެލް ދަނޑުގެ ޓާފު ރައްކާތެރި ކަމާއި އެކު ބެލެހެއްޓުން
  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ފުޓްސެލް ދަނޑު ގަޑިން ގަޑިއަށް ހުޅުވުމާއި ދަނޑު ބަންދު ކުރުމާއި ދަނޑުގެ ލައިޓްތައް ދިއްލުމާއި ލައިޓްތައް ނިއްވާލައި ފުޓްސެލް ދަނޑު ބެލެހެއްޓުން
  • ފުޓްސެލް ދަނޑުގެ އެތެރޭގައި ހެދޭ ވިނައާއި ގަސްތައް އުފުރައި ދަނޑުގެ އެތެރެއަށްވާ ސަރަޙައްދު ސާފުކުރުމާއި ފުޓްސެލް ދަނޑުގައި ބެހެއްޓިފައި ހުންނަ ޑަސްބިންތައް ސާފުކޮށް ބެލެހެއްޓުން
  • ތިންކޮޅުފުށީ ތުނޑީގައި ބަހައްޓާފައި ހުރި ޑަސްބިންތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން
  • ވަޒީފާއާއި ގުޅިގެން ކައުންސިލުގެ އިދާރާއިން އަންގާ އެހެނިހެން މަސައްކަތް ކުރުން

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2022 މެއި 29 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ދިޔަމިގިލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ބެލޭނެ ބައިތައް

ޕޮއިންޓް

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ޖުމްލަ (މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މެއި 2022 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް dhiyamigili.council@gmail.com މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަރވިއު / ޕްރެކްޓިކަލްއިންތިހާނު އޮންނާނެ މުއްދަތާއި ތަން :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 30 މެއި 2022 އާއި 02 ޖޫން 2022 އާއި ދެމެދު ، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖް އަދި ވައިބަރ ގުރުއްޕުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780004 އަށެވެ. އީ-މެއިލް ކުރާނީ dhiyamigili.council@gmail.com އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.      

23 ޝައްވާލް 1443

24 މޭ 2022
ހޯދާ