ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއި ގުޅޭ

ތަރުޖަމާނުން ހޯދުމާއިގުޅޭ

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަހުރުވައިގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. 

ހުވަދޫ ބަހުރުވަ

ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަހުރުވައިން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަހުރުވައަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

އުޖޫރަ:  މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)

ހުށަހަޅަންޖެހޭ ތަކެތި:

-  ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު

-  ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ  

-  ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-  ވަނަވަރު (ސީވީ) 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

26 މޭ 2022
ހޯދާ