ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 17 މެއި 2022 ގައި މިޞިއްޙީމަރުކަޒުން ކޮށްފައިވާ އިޢުލާން ނަންބަރ (IUL)I-07/DSM/2022/02 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވުމާއެކު މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 30 މެއި 2022 ވާ ހޯމަ ދުވަހުން ފެށިގެން 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު adh.dhigurahhc@health.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން adh.dhigurahhc@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.