ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއިއެއްގޮތަށް، ގދ. ފިޔޯރީގެ 4 މިސްކިތެއްގައި ހުރި މަރާމާތުތައް ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަންނޯޓް ކުރުމަށް ދަންނަވަމެވެ. މަޢުލޫމާތު ސެޝަން ބޭއްވޭނީ 5 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ނަންނޯޓްކުރައްވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 9 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 7 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން projects@fiyori.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.