ދިވެހިރާއްޖެ
2022 ވަނަ އަހަރު އޮފީސްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީމުބާރާތް، 15 ޖުލައި 2022 އިން ފެށިގެން ބޭއްވުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 51 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން މިއިދާރާއާއި ގުޅިގެން، މިމުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ކުލަބް/ޖަމުއިއްޔާއެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ކުލަބް/ޖަމުއިއްޔާތަކުން، 5 ޖޫން 2022 ވަނަ ދުވަހުގެ ހެދުނު 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މިމުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 9 ޖޫން 2022 ވަނަ ދުވަހުގެ ހެދުނު 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިކަމަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކާއި، ޕްރޮޕޯޒަލް ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ހުށަހަޅާ ޕްރޮޕޯސަލްތަށް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ފަރާތާއި އެކު އެގްރީމެންޓް ހެދިގެން މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 7331336 ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.