ދިވެހިރާއްޖެ
1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން 100 ޕަކެޓް ކަދުރު ވަނީ މިކައުންސިލަށް ލިބިފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަމްބަރ: (IUL)142-S/142/2022/116 15 މެއި 2022 އިޢުލާން ގައިވާގޮތަށް 2022 (1443) ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އުނގޫފާރު 6 ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބެހުމަށްފަހު ބާކީ ހުރި 94 ޕެކެޓް، ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕެކެޓް ކަދުރެވެ.
ޙަވާލުވުމަށް 31 މެއި 2022 ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45 އިން 13.00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.
ވީމާ، ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ކަދުރާ ޙަވާލުވުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.