ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2022/12
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ބަނދަރުން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރަޖިސްޓްރީ ކުރުން:
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ 01 ޖޫން 2022 އިން 07 ޖޫން 2022 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށެވެ. އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މައުލޫމަތު ދިނުމުގެ ބައްދަލުވުން:
މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ބަލައިގަތުން :
މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ބަނދަރުން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތުގެ އަންދާސީ ހިސާބު " މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
ތިރީގައިމިވާ ޙާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން.
- އީ މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބު
- ގަޑި ޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބު
- މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު
- މައުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބު
- މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމްގައި ނޫން ގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޛުލްޤައިދާ 1443
01 ޖޫން 2022