ދިވެހިރާއްޖެ
ނަންބަރު: (IUL)203-AS/1/2022/40
އިޢުލާން
މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަންކިޔުން 16 ޖޫން 2022 ބުރާސްފަތި ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ.
މިތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން 15 ޖޫން 2022 ބުދަ ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން، ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 16 ޖޫން 2022 ބުރާސްފަތި ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.
05 ޛުލްޤަޢިދާ 1443