ދިވެހިރާއްޖެ
މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)30-A2/30/2022/191 (29 މެއި 2022) އިޢުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު ނީލަން ކިއުމުގައި ބައިވެރިވެލެއްވި އެއްވެސް ފަރާތުން ތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިކަން ފައުޅު ކުރައްވާފައި ނުވާތީ އަލުން އެތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާތަން : ވެލާނާގެ ބިލްޑިންގ 7 ވަނަ ފަންގިފިލާގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3339205
މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު (އަގާއެކު) އެއް ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.
ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ނީލަމުގައި ބައިވެރިވެވަޑައި ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އަންގައި އިޢުލާންކުރީމެވެ.