ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޔޯރީ ކައުންސިލްގެ ވޮލީމުބާރާތް 2022

2022 ވަނަ އަހަރު ގދ.ފިޔޯރީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފިޔޯރީ ކައުންސިލްގެ ވޮލީމުބާރާތް 2022" 20 ޖުލައި 2022 އިން 26 ޖުލައި 2022އަށް ބޭއްވުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި މުއައްސަސާތަކުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް މިފުރުސަތު ހުޅުވާލަމެވެ. މުބާރާތުގެ ޤަވާއިދު އަދި އެޕްލިކޭޝަން ފޯމް މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙް:

 20 ޖޫން 2022 ، 14:00

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޙް:

 30 ޖޫން 2022، 14:00

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޙް:

 20 ޖުލައި 2022

ފޯމް ފޮނުވަންވީ ގޮތް:

info@fiyori.gov.mv އަށް އީމެއިލް ނުވަތަ މިއިދާރާގެ ކައުންޓަރަށް އޮފީސް ރަސްމީ ގަޑީގައި ހުށަހެޅިދާނެއެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

06 ޖޫން 2022
ހޯދާ