ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ސްޓްރާޓާ މެނޭޖްމެންޓް ޕޯޓަލްއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 12 ޖޫން 2022ވާ އާދިއްތަ ދުވަހުގެ ހެދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ޖޫން 2022ވާ ބުދަ ދުވަހުގެ ހެދުނު 10:00ގެ ކުރިން bid.secretariats@planning.gov.mv އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.
ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖޫން 2022ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.