ދިވެހިރާއްޖެ
މިސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން
ފޯނުނަންބަރު 7920287
އީމެއިލް: finance@maafushischool.edu.mv