ދިވެހިރާއްޖެ
`
ކަލާފާނު ސްކޫލް
މާލެ / ދިވެހިރާއްޖެ
ނަންބަރު: KS-R/IUL/2022/37
އިޢުލާނު |
|
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-242286 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކަލާފާނު ސްކޫލް / މާލެ |
މުސާރަ: |
މަހަކު 4465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 1500.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
* ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. * ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. * ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. * ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު) * ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު -/700 ރުފިޔާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލްގެ މަޤާމްތަކަށް މީހުން ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ ކަންތައްތައް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ކުރުން 2. ވަޒީފާ ދެއްވުން، ވަޒީފާ ބަދަލުކުރުން، އަދި ވަޒީފާ އިން ވަކިކުރުން ސީ.އެސް ސީ ވިއުގަ މެދުވެރިކޮށް ކަމާބެހޭ ލިޔުންތަކާއެކު ފޮނުވުން 3. ކޮންމެ މަހެއްގެ މުސާރަ އެސް. އޭ.ޕީ ސިސްޓަމް މެދުކޮށް ހަދާ ނިންމުން 4. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ދުވަސްތައް އެޑެންޓެންސް ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުން 5. ޗުއްޓީ ޕްލޭނާ އެއްގޮތަށް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައްތައް ބެލެހެއްޓުމާއި ޗުއްޓީ ޗިޓް ހެދުން 6. އެކްސްޕެކްޓް އޮންލައިން ސިސްޓަމް މެދުވެރިވެރިކޮށް ބިދޭސީ ޓީޗަރުންގެ ވާރކްޕާމިޓް މުއްދަތު އިތުރު ކުރުމާއި ވާރކްވިސާ ކާޑު ހެއްދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންއަށް ފޮނުއްވުމާއި ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން 7. މުވައްޒިފުންގެ އެންމެހާ ރިކޯޑްތައް އާންމު ފަރާތްތަކަށާއި އެހެންމުވައްޒަފުންނަށް ނުފެންނަގޮތައް ރައްކާތެރި ކަމާއި އެކު ބެލެހެއްޓުމާއި މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ބެލެހެއްޓުން 8. މުވައްޒަފުން އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިދާރީގޮތުން ސްކޫލް ހެޑް އޮފް ހިއުމަން ރިސޯސް އަށް ހުންނަވާ ބޭފުޅަކަށް އެހީތެރިވުން 9. މުވައްޒަފުންގެ ރަޖިސްޓްރީ އަފްޑޭޓްކޮށް ބެލެހެއްޓުން 10. ސެކްޝަނަށް އަންނަ ސިޓީފަދަ ލިޔުންތަކާއި ފޮނުވޭ ލިޔުންތަކަށް ވެރިއެއްގެ އިރުޝާދުގެ ދަށުން ޖަވާބުދާރީވެ ބެލެހެއްޓުން އަދި އެފަދަ ލިޔެކިއުންތައް ޤަވާއިދުން ފައިލްކުރޭތޯބަލާ ޗެކްކުރުން |
މަޤާމުގެ ޝަރުޠުތައް: |
1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 2. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލ 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙަނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަސައްކަތުގެ ދާއިރާތައް: - އެޑްމިނިސްޓްރޭޝަން |
|
08 ޛުލްޤައިދާ 1443
08 ޖޫން 2022